ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ، ދިވެހިރާއްޖެ

މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 ނަންބަރު: TENDER/HMH/2020/014


ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލުގެ 06 ބުރި އިމާރާތުގެ ސިޑި މަރާމާތުކޮށް ޓައިލްސް ޖަހައިދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.  

މައުލޫމާތު ދިނުން:

26 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރު ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

04 މާރިޗު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350147

އީ-މެއިލް: [email protected]

20 ފެބްރުއަރީ 2020

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ

އީ-މެއިލް: [email protected]   ވެބްސައިޓް: www.hmh.gov.mv   ފޯން: +960 3350147 /+960 3350111

20 ފެބުރުވަރީ 2020
ހޯދާ