މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް މާލެއިން 3 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދުމަށް ކުރި ނަންބަރު (IUL)94-Q/94/2019/05 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވާ ފަރާތުގެ ޝަރުތު ހަމަނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

20 ފެބުރުވަރީ 2020
ހޯދާ