ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުހެދުމުގެ މަސައްކަތާއިގުޅޭ

މަގުހެދުމުގެ މަސައްކަތާއިގުޅޭ

           ހަނިމާދޫ މަގުތައް ތާރުއަޅައިގެން ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުންގެންދާތީ، މި މަޝްރޫޢުގެ ދަށުންހަދާ މަގުތަކުގެ ތެރެއިން ރަންވޭމަގު އުތުރު ކާނޭޝަންމަގު އިންވާހަމައިން އަރާމަގު ދެކުނު އިމަށްވާހިސާބު ރަންވޭމަގުގެ އިރުމަތިފަޅީގައި އިންދާފައިވާ ފަތްކެޔޮގަސްތައް 2020 ފެބުރުއަރީ 27 ވަނަ ދުވަހުގެ ކުރިން ގަސްތަކުގެވެރިން ގަސްތައްނަގާ ނިންމެވުމަށާއި، މިމުއްދަތުގެފަހުން މަގުހެދުމުގެ މަސައްކަތް ކުރާނެކަމަށާއި، އެމަސައްކަތުގެ ތެރޭގައި ބޭނުންކުރާވެހިކަލްތަކާއި މަސައްކަތަށް ބޭނުންކުރާ އާލާތަކުންޖެހި ލިބޭގެއްލުމަކަށް މިކައުންސިލުންވެސް އަދި މަސައްކަތުގެ ކޮންޓެކްޓަރވެސް ޒިންމާ ނުވާނެކަމަށާއި، މިސަރަޙައްދުގައިހުރި ތަކެތި ނެގުމަށް 2018، 2019 ވަނަ އަހަރުގެ ތެރޭގައިވެސް ތަކުރާރުކޮށް އިޢުލާން ކޮށްފައިވާނެއެވެ. ރަންވޭމަގުގެ ފުޅާމިނުގައި ހުންނާނީ މަގުގެ ހުޅަނގުއިންވާ ފާރުންފެށިގެން 50 ފޫޓު ފުޅާމިނާއި މަސައްކަތް ކުރުމަށް އިތުރު 2 މީޓަރ ސަރަޙައްދު ކަމުގައިވާތީ، ޖުމްލަ މަގުގެ ފުޅާމިނަކަށްވާނީ 56 ފޫޓުހިމެނޭ މިންވަރު ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

20 ފެބުރުވަރީ 2020
ހޯދާ