މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށް "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ: (2 ވަނަ އިޢުލާން)

މި އިޢުލާންވަނީ 02 މާރިޗު 2020 09:07 ގައި ބާތިލް ކުރެވިފައެވެ.


ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން  ހިންގާ ޕްރޮޖެކްޓަށް "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ:                      

 ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                                                                        

 އަލުން އިޢުލާންކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް  "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގުމަށް ބޭނުންވެގެން 24 ނޮވެމްބަރ 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2019/358 އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމާ ގުޅިގެން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން  ކުރަމެވެ.   

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް  "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ

މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކަރުދާސް ކުރެވި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

ރަޖިސްޓަރީ ކުރެއްވުމާއި މައުލޫމާތު ސާފު ކުރެއްވުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރަޖިސްޓަރޭޝަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެންނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއް ކަރުދާސް ކުރެވި، ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 އާއި ހަމައަށެވެ. 

މި ޕްރޮޖެކްޓާއި ބެހޭގޮތުން  ސާފުކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ 25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).

ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (  ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން  ހިންގާ ޕްރޮޖެކްޓަށް ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައިވާ ގޮތަށް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި  އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި

ބީލަން ހުށަހަޅޭނެ ގަޑިއަކީ 03 މާރިޗް 2020 ވާ  އަންގާރަ ދުވަހުގެ 10:00 ޖަހާއިރެއެވެ. ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަންޏެވެ. ބީލަން ހުޅުވުން އޮންނާނީ 03މާރިޗް 2020 ވާ  އަންގާރަ ދުވަހުގެ 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8395

ވެބްސައިޓް:

 http://www.environment.gov.mv
އީ-މެއިލް [email protected] 

 

20 ފެބްރުއަރީ 2020

20 ފެބުރުވަރީ 2020
ހޯދާ