ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ، ދިވެހިރާއްޖެ

 އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 ނަންބަރު: TENDER/HMH/2020/009-R1


މިހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ 12 ޕްރައިވެޓް ރޫމްތަކަށް ބޭނުންވާ ނާސިން ކޯލް ބެލް ސިސްޓަމް ގާއިމް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު TENDER/HMH/2020/009 ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

މައުލޫމާތު ދިނުން:

24 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު10:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރު ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

01 މާރިޗު 2020 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350147

އީ-މެއިލް: [email protected]

16 ފެބްރުއަރީ 2020

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

 

 

ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ

އީ-މެއިލް: [email protected]   ވެބްސައިޓް: www.hmh.gov.mv   ފޯން: +960 3350147 /+960 3350111

20 ފެބުރުވަރީ 2020
ހޯދާ