މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ      

މަގާމުގެ ނަންބަރު:

J 230592

ބޭނުންވާ އަދަދު:

1   

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް /ކ. މާލެ

މުސާރަ:

-/7035  ރުފިޔާ

ސަރވިސް އެލަވަންސް:

-/2000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2462/25 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

1969/80 ރުފިޔާ

މަގާމުގެ ޝަރުތު

  1. އެންވަޔަރަންމެންޓަލް ސައިންސް ނުވަތަ   އިންޓަނޭޝަނަލް ރިލޭޝަންސްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،އެންވަޔަރަންމަންޓް ނުވަތަ  އިންޓަނޭޝަނަލް ރިލޭޝަންސްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ  
  2. އެންވަޔަރަންމެންޓަލް ސައިންސް ނުވަތަ   އިންޓަނޭޝަނަލް ރިލޭޝަންސްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.    

 

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓު ފިޔަވައި އެހެނިހެން ގޮތްގޮތުން ހޯދުމަށް ރިސޯސް މޮބިލައިޒޭޝަން ސްޓްރެޓްޖީއެއް އެކުލަވާލާ ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ތިމާވެށީގެ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤްވާމީ އަދި ބައިލެޓްރަލް ޑޯނަރުންނާއި، އެ ފަރާތްތަކުން ލިބެން ހުރި ފުރުސަތުތަކާއި، މިފަދަ އެހީ ދެމުން އަންނަ އެކިއެކި ގޮތްތަކާއި އެހީ ދިނުމުގައި ޑޯނަރުން ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާބެހޭ ފަހުގެ މަޢުލޫމާތު ހޯދައި އެއްކޮށް، މި ފަދަ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ޕާޓްނަރޝިޕްތައް ގާއިމްކުރަމުން ގެންދިއުން.
  3. ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް ޑޯނަރުންގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން.
  4. ޑޯނަރ އެހީ ލިބިގެން ކުރިއަށް ގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގެ ދަށުން، ޑޯނަރުންނަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތު ފޮނުވަމުން ގެންދާގޮތް ބަލާ މޮނީޓަރކުރުން.
  5. ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް މަލްޓިލެޓަރަލް އަދި ބައިލެޓްރަލް ފަރާތްތަކުން އެހީ ލިބެން ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ކަމާބެހޭ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޙިއްސާކުރުން.
  6. މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާ ދާއިރާތައް ކަނޑައަޅައި، އަހަރު ދުވަހު ތެރޭ އެހީދޭ ޑޯނަރުންގެ އެހީ ލިބިގެން ހޯދާނެ ޖުމްލަ ފައިސާގެ ޓާގެޓްތަކެއް ކަނޑައަޅައި އެ ހޯދުމަށް މަސައްކަތް ކުރުން.
  7. ތިމާވެށީގެ މަޝްރޫޢުތަކަށް ލިބޭ އެހީގެ ދަފްތަރެއް ގާއިމުކޮށް ބެލެހެއްޓުން
  8. ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ޕްރޮޖެކްޓްތައް މޮނިޓަރކުރުން
  9. ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލާ މޮނީޓަރކުރުން.
  10. ބޭރުގެ އެކިއެކި ޖަލްސާ ސެމިނަރތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން،
  11. އިންޓަރނޭޝަނަލް ރިލޭޝަންސް އާއި ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިނގަމުންދާ ގޮތް ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓު، ސްޓޭޓްމަންޓް، އަދި ހުށަހަޅަންޖެހޭ ތަކެތި ތައްޔާޔުކޮށްފައިވާ މިންވަރު
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.   
  3. ތިމާވެށީގެ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބާއްވާ ޖަލްސާތަކަށް ރާއްޖެއިން ހުށަހަޅާ ޕޮޒިޝަން އާއި އެހެނިހެން ހުށަހެޅުންތައް، ކަމާއިގުޅޭ ދާއިރާތަކުގެ ލަފަޔާއެކު ތައްޔާރުކޮށްފައިވާ މިންވަރު
  4. ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކިއެކި ތިމާވެށީގެ އެކިއެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ   
     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕް ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ސިވިސް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި  ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
    (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2020  މާރިޗު   3 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 4 މާރިޗު 2020 އާއި 19 މާރިޗު 2020 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,30183283018329 އަށް ގުޅުއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނއެވެ.

                        26 ޖުމާދަލްއާޚިރާ  1441  

                        20 ފެބުރުވަރީ    2020     

20 ފެބުރުވަރީ 2020
ހޯދާ