މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ސަރކް ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މަޤާމު

ަރކް ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ގެ ހުސްވެފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މަޤާމަށް މެންބަރު ޤައުމުތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ސަރކް ޑިވެލޮޕްމަންޓް ފަންޑުން އަންގަވާފައިވާތީ، މި މަޤާމަށް ކުރިމަތި ލައްވަން ޝައުގުވެރި ވެލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަންވަމެވެ.

 

މި މަޤާމާގު އެޕްލިކޭޝަން ފޯމާއި އިތުރު މައުލޫމާތު ސަރކް ޑިވެލޮޕްމަންޓް ފަންޑުގެ ވެބްސައިޓުގެ www.sdfsec.org/career އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި މަޤާމާގުޅޭ މައުލޫމާތު ހިމެނޭ ލިޔުން މި މިނިސްޓްރީގެ ވެބްސައިޓް http://www.finance.gov.mv/ministry/careers/job-opportunities ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 23 ވާ ހޯމަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ސަރކް ޑިވެލޮޕްމަންޓް ފަންޑުގެ އީމެއިލަށް ފޮނުއްވުން އެދެމެވެ.

20 ފެބުރުވަރީ 2020
ހޯދާ