މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ދިވެހި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްލޮޓު ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަންހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބިގެންވެއެވެ.

ލޮޓް ނަންބަރު

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން)

ލޮޓް - 1

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ.ކޮނޑޭގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް – 2

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގދ.ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ230,000.00

ލޮޓް - 3

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ.މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 4

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ލ.މުންޑޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 5

ޑިޒައިން އެންޑް ބިލްޑް އުޞޫލުން މ.ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 6

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.އޮމަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 7

ޑިޒައިން އެންޑް ބިލްޑް އުޞޫލުން އއ.ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 8

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ރިނބިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ190,000.00

ލޮޓް - 9

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހދ.ނައިވާދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ135,000.00

ލޮޓް - 10

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ145,000.00

ލޮޓް - 11

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.މާއެނބޫދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ150,000.00

ލޮޓް – 12

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފ.ފީލަލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ140,000.00

ލޮޓް – 13

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ.އުތީމުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ140,000.00

ލޮޓް – 14

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ލ.ދަނބިދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ150,000.00

ލޮޓް - 15

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ރ.ރަސްމާދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ140,000.00

ލޮޓް - 16

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ރ.މާކުރަތުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ145,000.00

ލޮޓް - 17

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ވޭމަންޑޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ150,000.00

ލޮޓް - 18

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތ.ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް

ރ150,000.00

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މިބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ ޔޫއެސް.ޑީ 100.00ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 ފެބުރުވަރީ 2020 އިން 11 މާރިޗު 2020 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

4. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 23 ފެބުރުވަރީ 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ  އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2 މާރިޗު  2020ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349102 (960)

އީމެއިލް  : [email protected]

ކޮޕީ    : [email protected]

9. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

 

19 ފެބުރުވަރީ 2020

19 ފެބުރުވަރީ 2020
ހޯދާ