އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ތިރީގައި މި ދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 07 އެގްޒެކްޓިވް މޭޒު
  • 06 ހައިބެކް އެގްޒެކްޓިވް ގޮނޑި
  • 09 ފައިލިންގް ކަބަޑު
  • 12 މީޑިއަމްބެކް އެގްޒެކްޓިވް ގޮނޑި

ވީމާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 26 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވާގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 01 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގައި ކައުންސިލް އިދާރާގެ ހޯލުގައެވެ. އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 04 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

 ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

25 ޖުމާދުލްޢޫލާ 1441

19 ފެބުރުވަރީ 2020
ހޯދާ