ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
2020 ގެ އިންތިބާބާ ގުޅޭގޮތުން ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ އެންމެ ފަހު ތާރީޚާގުޅޭ

މި ޑިޕާޓްމަންޓުގެ ނަންބަރު: 198F/2020/34 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020" އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑުސާފުކުރުން އެދި، މި ޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވާއިރު އެ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚުގެ ކުރީދުވަހު މެންދުރު 12:00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދި އިލްތިމާސް ކުރަމެވެ. މިގޮތަށް ހަމަޖައްސަންޖެހުނީ އިންތިހާބަށް ކުރިމަތިލެއްވުމުގެ  އެންމެ ފަހުތާރީޚުގައި ރެކޯޑު ސާފުކުރެއްވުމަށް މި ޑިޕާޓްމަންޓަށް ފޯމު ހުށަހަޅުއްވައިފިނަމަ، ކޯޓުތަކުން ރެކޯޑު ސާފުކޮށް އެތާރީޚަށް ފޯމު ނިންމައި ހަވާލުނުކުރެވިދާނެ ކަމުގެ އިޙްތިމާލު އޮތުމާއެކު، ކެންޑިޑޭޓުންގެ ސަމާލުކަމަށް ގެނައުމުގެގޮތުން މިކަން އަންގާ ޢިއުލާނުކުރީމެވެ.

17 ފެބުރުވަރީ 2020
ހޯދާ