އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫއިން 10 ބިން ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު: IUL)426-AB/426/2020/32) އިޢުލާނާއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫއިން 10 ބިން ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު: IUL)426-AB/426/2020/32) އިޢުލާނާއި ގުޅޭ

 

އައްޑޫ ސިޓީން 10 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: IUL)426-AB/426/2020/32) އިޢުލާނާއި ގުޅިގެން ބައެއް ބަދަލުތައް ގެނެސް ގެޒެޓް ކުރުމަށް ހަމަޖެހުނު ނަންބަރު:(IUL)426-AB/426/2020/44 އިޢުލާން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގެޒެޓް ކުރެވިފައިނުވެއެވެ.

ނަންބަރު: IUL)426-AB/426/2020/44) އިޢުލާން މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވީ ނަމަވެސް، ދެންނެވުނު ފަދައިން މި އިޢްލާން ގެޒެޓް ކުރެވިފައިނުވާތީ، ނަންބަރު:(IUL)426-AB/426/2020/32 އިޢުލާނުގައިވާ 10 ބިމަށް ބިޑު ވިއްކުމުގެ މުއްދަތާއި، ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ  ތާރީޚާއި އަދި ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތީން ކަމުގައި ދަންނަވަމެވެ. 

  • ނަންބަރު: IUL)426-AB/426/2020/32) އިޢުލާނުގައިވާ 10 ބިމަށް ބިޑު ވިއްކުން 23 ފެބުރުވަރީ 2020ގެ ނިޔަލަށްވަނީ އިތުރުކުރެވިފައެވެ. މިހާރު ބިޑު ގަނެފައިވާ ފަރާތްތަކުން އަލުން ބިޑު ގަންނާކަށް ނުޖެހޭނެ އެވެ.
  • ބިޑު ގަންނަ ފަރާތްތަކުން ހުށަހަޅުއްވާ ބިޑުތައް ބަލައިގަތުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި 27 ފެބުރުވަރީ 2020ގެ 10:00 ގައެވެ.                       
  • ބިޑު ގަންނަ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.

#

ބީލަން ކާމިޔާބު ކުރާފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

މާކްސް ދިނުމުގައި ބަލާނެ ދާއިރާތައް

މާރކްސް (%)

ކުލި

ުލީގެ ގޮތުގައި ހުށަހަޅަންވާނީ އަކަފޫޓަކަށް 30/00 ލާރި (ތިރީސް ލާރި ) އަށްވުރެ ކުޑަނޫން އަގެކެވެ. އަދި ކުލި ހުށަހަޅަނީ އަހަރުން އަހަރަށް ކުލީގެ ޢަދަދަށް ބަދަލު އަންނަގޮތަށް ކަމަށްވާނަމަ އެ ތަފްޞީލު އެނގޭ ގޮތަށް އަދި ކުލީގެ ޖުމްލަ އާއި މަހަކަށްޖެހޭ އެވްރެޖް އެނގޭ ގޮތަށް ވަކި ޝީޓެއްގައި ތައްޔާރުކޮށް ޕްރޮޕޯޒަލްގައި ހިމެނުމަށްފަހުގައެވެ.)

35

ވިޔަފާރިކުރަމުން އަންނަ އެހެންނަމަވެސް އައްޑޫގެ އެހެންތަނަކުން ކުލީ ބިމެއް ލިބިފައިނުވާ ފަރާތެއްނަމަ

(ޕްރޮޕޯޒަލްގައި ކުލީ ބިމެއް ލިބިފައިނުވާ ނަމަ އެކަން ބަޔާންކުރަންވާނެއެވެ.)

15

ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް

(ޕްރޮޕޯޒަލްގައި 5 ވަނަ ނަންބަރުގައިއެވާ މަޢުލޫމާތާއި ލިޔުންތައް ހިމަނަންވާނެއެވެ)

50

ޖުމްލަ

100%

 

#

ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންކަމާއި ޕޮއިންޓް ދެވޭނެގޮތް

އިންވެންސްޓްކުރާނެ މިންވަރު (ކުރާނެ ކަންކަމާއި ކޮންމެ ކަމަކަށް ޚަރަދުކުރާނެ މިންވަރު އެނގޭގޮތަށް)

15

މަސައްކަތުގެ ޓައިމްލައިން   (ޚިދުމަތް ދިނުމަށް ތަން ތައްޔާރު ކުރުމުގެ މަސައްކަތުގެ ޓައިމްލައިން)

5

ދާއިރާއިން ލިބިފައިވާ ތަޖުރިބާ

(ތަޖުރިބާ ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި ޕްރޮޕޯސަލްއާއެކު ވިޔަފާރީގެ މަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. (ހުށަހަޅާ ކޮންމެ ލިޔުމަކަށް ދެވޭނީ 5 މާރކްސް އެވެ. އަދި އެންމެ ގިނަވެގެން ދެވޭނީ 15 މާކްސް)

15

ދިވެހިންނަށް ވަޒީފާ ދިނުމަށް ހުށަހަޅާ މިންވަރު

5

އަލަށް ވިޔަފާރި ކުރަން ފަށާ ފަރާތަކަށްވުން

 (ޕްރޮޕޯސަލްގައި އަލަށް ވިޔަފާރިކުރަން ފަށާ ފަރާތެއްކަން ބަޔާންކުރަންވާނެ)

5

މާލީ ޤާބިލުކަން

(ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ މިނިވަން އޮޑިޓް ފާމަކުން ހަދާފައިވާ އޯޑިޓް ރިޕޯރޓް )

5

 

ޖުމްލަ:

50

 

  • އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު IUL)426-AB/426/2020/32) އިޢުލާނުގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައިވާ "މަޢުލޫމާތު ސާފުކުރުން" އުނިކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖުމާދަލްއާޚިރާ  1441

18 ފެބުރުވަރީ 2020
ހޯދާ