މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިސްލާހުގެނައުމާ ގުޅޭ.

ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެފުއް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމަށާއި މި ނިޒާމަކީ ބައިނަލްއަގްވާމީ ގޮތުން ޤަބޫލުކުރެވޭ މިންގަނޑުތަކާ އެއްހަމައެއްގައި ހުރި ނިޒާމަކަށް ހެދުމަށްޓަކައި، ޓެކުހާގުޅޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިމިނިސްޓްރީން ދަނީ ކުރަމުންނެވެ. މިގޮތުން މި އަހަރުގެ ތެރޭގައި ޤާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އިސްލާހުކުރުމަށް ނިންމާފައިވާތީ، މި ޤާނޫނަށް އިސްލާހު ގެންނަން ފެންނަ އިސްލާހިތަކާއިމެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

 

ވީމާ، ޤާނޫނު ނަންބަރު  10/2011(މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންފުޅުވެލައްވާނަމަ 5 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓުގެ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެދި ދެންނެވީމެވެ. އަދި ފޮނުވާ އިސްލާހުގެ ޕީ.ޑީ.އެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯރޑް ޑޮކިއުމެންޓް ހިމެނުއްވުމަށް އެދި ދެންނެވީމެވެ.

17 ފެބުރުވަރީ 2020
ހޯދާ