ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ ކައުންސިލް ފޯރަމްގެ ދަޢުވަތު

ޤާނޫނު ނަންބަރު 5/2019 (ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ޢަމަލުކުރުމުގައި ދިމާވަމުންދާ އެކިއެކި މައްސަލަތައް ޙިއްސާކޮށް، އެކަންކަން މަޝްވަރާކުރުމުގެ ފުރުޞަތު ޤާނޫނީ ވަކީލުންނަށް ހޯދައިދިނުމަށް އިންތިޒާމްކުރާ ބާ ކައުންސިލުގެ ފޯރަމެއް، 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފައުންޑޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. 

ވީމާ، މި ބައްދަލުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެންމެހާ މެންބަރުން ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

ނޯޓް: މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ފެބުރުވަރީ 2020
ހޯދާ