ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2020/53 

ތާރީޚް: 16 ފެބުރުވަރީ 2020

މަޤާމު

 ލީގަލް އޮފިސަރ

ރޭންކް: ޖޭ.އެސް 2-12

ކްލެސިފިކޭޝަން

 ލީގަލް އޮފިސަރ

މަސައްކަތްކުރަންޖެހޭ ތަން

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

 - ޖުޑީޝަލް އެލަވަންސް: -/6,117.80 (އަސާސީ މުސާރައިގެ %65)

 - ސަރވިސް އެލަވަންސް: -/3,000

 - ލިވިންގ އެލަވަންސް: -/3,000

 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. އެކިއެކި ޤާނޫނީ މައްސަލަތަކާއި މަފްހޫމުތަކާއި މައުޒޫއުތަކާ ބެހޭގޮތުން ޤާނޫނީ ދިރާސާ ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެމަޢުލޫމާތު އާއްމުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކޯޓުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްގެން، ޤާނޫނީ ގޮތުން ވިސްނަންޖެހޭ ނުކުތާތައް ފާހަގަކޮށް، އެކަންކަމާ ބެހޭގޮތުން އެކިއެކި ހަރަކާތްތައް ހިންގާ، ހޭލުންތެރިކުރުމުގެ މަޝްރޫއުތައް ފަރުމާކޮށް ހިންގުން.
  3. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޗެކްކުރުމާއި، އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.
  4. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެއްވެސް ސެކްޝަނަކަށް ޤާނޫނީ ލަފައެއް ނުވަތަ އިރުޝާދެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ދިމާވެފައިވާ މައްސަލަ ފުރިހަމައަށް ދިރާސާކޮށް، ލަފަޔާއި އިރުޝާދު ދިނުން.
  5. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދާއި، އެހެނިހެންވެސް ޝަރުޢީދާއިރާގައި ހެދިފައިހުރި އެފަދަ ޤަވާޢިދުތަކާއި އުޞޫލުތައް ދިރާސާކޮށް، އެޤަވާޢިދުތަކާއި އުޞޫލުތަކަށް އިސްލާހެއް ގެންނަންޖެހޭ ހާލަތްތަކުގައި އެކަމާގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި، އިސްލާހް ޑްރާފްޓްކުރުން ފަދަ މަސައްކަތްތައް ކުރުން.
  6. މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ފަދަ އެކިއެކި ޤާނޫނުތައް ދިރާސާކޮށް، އެފަދަ ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭގޮތުން ޑިޕާޓްމަންޓުގެ އިދާރީ ބޭފުޅުންނަށް މަޢުލޫމާތު ދިނުމާއި ތާޒާ ކުރުމުގެ ބުރުތައް ރާވައި ހިންގުމުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  7. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް ފަރާތަކާ ދެމެދު ޤާނޫނީ އަދި ޝަރުޢީ ޚުސޫމަތެއް އުފެދިއްޖެ ކޮންމެ ހިނދެއްގައި، އެ ޚުސޫމަތަކާ  މެދު ޑިޕާޓްމަންޓުން އަމަލުކުރަންވީ ގޮތަކީ ކޮބައިކަމާއި، އެ ޚުސޫމަތަކާ ގުޅިގެން ޑިޕާޓްމަންޓުން އުފުލަންޖެހޭ ޤާނޫނީ ޒިންމާތަކަކީ ކޮބައިކަމާއި، ޑިޕާޓްމަންޓަށް ލިބޭ ޤާނޫނީ ޙައްޤުތަކާއި އިޚްތިޔާރުތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް، އެކަމުގައި ޑިޕާޓްމަންޓަށް ޤާނޫނީ ލަފާ ދިނުން.
  8. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިއަށްދާއިރު، އެމައްސަލާގައި ޑިޕާޓްމަންޓު ތަމްސީލުކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  9. އަލަށް ފަނޑިޔާރުކަން ދެވޭ ބޭފުޅުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ލީގަލް ސެކްޝަންގެ ފަރާތުން ނަގަންޖެހޭ ސެޝަންތައް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ދިވެހި ދަޢުލަތުގެ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޑިރެކްޓްރީއެއް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެޑިރެކްޓްރީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓަށް އަޕްލޯޑްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
  11. އައު ޤާނޫނުތައް ހެދުމަށްޓަކައި ތަޢާރަފްކުރެވޭ ބިލުތައް ދިރާސާކުރުމާއި، އޭގެ ތެރެއިން ޝަރުޢީދާއިރާއާ ގުޅުން ހުރި ބިލުތައް ފާހަގަކޮށް، އެބިލުތަކާ ބެހޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ލަފާދިނުން.

ތަޢުލީމީ ރޮނގު

 ޝަރީޢަތާއި ޤާނޫނުގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢަތާއި ޤާނޫނު / ޤާނޫނު                                       

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2020 ފެބުރުވަރީ 24 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340858 / 3340855
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

 ތަޢުލީމް

30%

 ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

 މަސައްކަތު ތަޖުރިބާ

15%

 ޕްރެކްޓިކަލް ޓެސްޓް

20%

 ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މިނޫންވެސް ދިވެހިރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
16 ފެބުރުވަރީ 2020
ހޯދާ