ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން 16 ފެބްރުވަރީ 2020 ވަނަ ދުވަހުގެ ރޭ 8:30 ގައި ހއ. އަތޮޅުގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.

ވީމާ، މި ކައުންސިލްގެ އިދާރާއިން 11 ފެބްރުވަރީ 2020 ގައި ޢާއްމު ކުރެވިފައިވާ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން، ގުރުއަތު ނެގުމަށް ޙާޟިރު ނުވެވޭ ފަރާތެއްވާނަމަ، ބަދަލުގައި ފޮނުވާ ފަރާތުން ގުރުއަތު ނެގުމާމެދު އިޢުތިރާޒު ނުކުރާކަމުގެ ސިޓީ އާއި އައިޑީކާޑް ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލާއި އަދި ކޮޕީ ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2020
ހޯދާ