މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރެގިއުލަރައިޒޭޝަން ޕްރޮގްރާމާބެހޭ

ރެގިއުލަރައިޒޭޝަން ޕްރޮގްރާމާބެހޭ

         ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް، 19 ސެޕްޓެމްބަރ 2019 ވީ ބުރާސްފަތި ދުވަހުން ފެށިގެން މި މިނިސްޓްރީން ވާނީ ފަށާފައެވެ.

މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާ ގެންދިއުމުގައި މައިގަނޑުގޮތެއްގައި، ރެގިއުލަރައިޒްވުމަށް އެދި، އެކަމުގެ ޝައުގުވެރިކަން ފާޅުކުރާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަކީ، ވަޒީފާދޭފަރާތެއްގެ ކައިރީގައި މިހާރުވެސް މަސައްކަތްކުރަމުންގެންދާ ފަރާތެއްކަން ފާހަގަކުރެވެއެވެ. މިފަދަފަރާތްތައް ރެގިއުލަރައިޒްކޮށް އެމީހަކު މިހާރު ވަޒީފާ އަދާކުރަމުންގެންދާ ފަރާތުގެ ނަމަށް ބިދޭސީމީހާ ބަދަލުކޮށްދީ ޤަވާއިދުގެ ތެރެއަށް ގެނައުމަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަޒީފާދޭފަރާތްތަކަށް ވާނީ 19 ސެޕްޓެމްބަރ 2019ން ފެށިގެން ހުޅުވާލެވިފައެވެ. މިފަދައިން ރެގިއުލަރައިޒްކޮށްދިނުމަށް އެދި ވަޒީފާދޭފަރާތްތަކުން ހުށަހަޅާ ބިދޭސީން ރެގިއުލަރައިޒްކޮށް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް މި މިނިސްޓްރީން މިހާރުވެސް ދަނީ ދޫކުރަމުންނެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް "އޮންލައިން" ކޮށް ހުށަހެށުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރަމެވެ.

19 ޖުމާދުލްއާޚިރާ 1441

13 ފެބުރުވަރީ 2020
ހޯދާ