އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އިފުރު ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

އިފުރު ޑޮމެސްޓިކް އެއަރޕޯރޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ހޯދުމަށް 30 ޖަނަވަރީ 2020 ވަނަ ދުވަހު ކުރެވުނު ނަންބަރު: IAS/MIS/2020-240 ވަނަ އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އިސްވެ ބަޔާން ކުރެވުނު އިއުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ބަޔާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ސެޝަން 15 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

13 ފެބުރުވަރީ 2020
ހޯދާ