މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފަރުގައި މިހާރު ކުއްޔައް ދޫކޮށްފައިވާ 17 ބިމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެބިންތައް ބިޑް އުޞޫލުން 25 އަހަރުގެ މުއްދަތަށް ކުއްޔައް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން

            

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                         

       ނަންބަރު: IUL)303-AS/2020/13)            

އިޢުލާން

އުނގޫފަރުގައި މިހާރު ކުއްޔައް ދޫކޮށްފައިވާ 17 ބިމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެބިންތައް ބިޑް އުޞޫލުން 25 އަހަރުގެ މުއްދަތަށް ކުއްޔައް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން

           ސުރުހީގައި ދެންނެވިފައިވާ ބިންތައް ބިޑް ޢުޞޫލުން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 16 ފެބުރުވަރީ 2020 ން ފެށިގެން 27 ފެބުރުވަރީ 2020ގެ ނިޔަލަށް ބިޑް ގަންނަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/1500 ރުފިޔާ އަށެވެ. އަދި ބިޑް ބައްލައިގެންނެވި ފަރާތްތަކާއި އެކު މިއިދާރާއިން ބާއްވާ ޕްރީވބިޑް މީޓިން އޮންނާނީ 02 މާރޗް 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގް އަށް ވަޑައިގެންނެވެންނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލްގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލްގައި ފޮނުއްވިކަން އެގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެ ސްޓޭންޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑްކެނޑުން އޮންނާނީ 23 މާރޗް 2020 ވާ ހޯމަ ދުވަހުގެ 11:00ގައި އުނގޫފާރު ކައުންސިލް އިދާރާގައެވެ.

           ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

                                     

 

13 ފެބުރުވަރީ 2020
ހޯދާ