ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެކްޓިންގ ވާކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު

މިސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރ އަދި އެސޯސިއޭޓް ދެ ޕްރޮފެސަރާއެކު 22 ފެބްރުއަރީ 2020 ން 26 ފެބްރުއަރީ 2020 ށް އެކްޓިންގ ވާރކްޝޮޕެއް މާލޭގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާކްޝޮޕްގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރުގެ މެއިލް [email protected] އަށް ސީވީ ފޮނުއްވުން އެދެމެވެ.

13 ފެބުރުވަރީ 2020
ހޯދާ