ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ނިޒާމުގެ ތެރެއިން ގޭގޭގެ ޖަންގްޝަންހޮޅި ގުޅައިދިނުމާބެހޭ

             މި ރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން ގޭގޭގެ ޖަންގްޝަނަށް ހޮޅި ގުޅައިދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ވެރިފަރާތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުންނެވެ. މިގޮތުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު 13 ފެބުރުވަރީ 2020 އިން ފެށިގެން 2 މަސްދުވަހުގެ މުއްދަތަށް (12 އޭޕްރީލް 2020) ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅާ ފަރާތްތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޕްރޮޖެކްޓްގެ ދަށުން ހިލޭ ކަމަށާއި މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތަކަށް ޖަންކްޝަން ހޮޅި ގުޅައިދެވޭނީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކޮމްޕެނީއިން އެކަމަށް ނެގޭ އަގެއްގެ ދަށުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން މި ޚިދުމަތަށް އެދި ވީހާގިނަ ފަރާތްތަކުން ފޯމު ހުށަހެޅުއްވުން އެދެމެވެ.

             ނަރުދަމާ ނިޒާމުގެ ތެރެއިން ޖަންގްޝަން ހޮޅި ގުޅައިދިނުމަށް އެދޭ ފަރާތްތަކުން 12 އޭޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން "ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. "ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް" މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލު މި އިދާރާގެ ނޯޓިސް ބޯޑުގައި ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

13 ފެބުރުވަރީ 2020
ހޯދާ