ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ރިސަރޗް އެންޑް މޮނިޓަރިންގ އޮފިސަރ

 

މަގާމު

ރިސަރޗް އެންޑް މޮނިޓަރިންގ އޮފިސަރ    

ބޭނުންވާ ޢަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

ގްރޭޑް: 01

މުސާރަ

މަހަކު 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ކްރިމިނޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ރިސާރޗް މެތަޑްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން.
  2. މަސައްކަތާއި ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ދެމެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.

 

  1. ގެވެށި އަނިޔާގެ އަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި، އެފަދަ އަމަލުތައް ހިގަމުންދާ ސަބަބާއި، ޒާތާއި، ވައްޓަފާޅިއާ ގުޅޭ ދިރާސާތައް  ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  2. ގެވެށި އަނިޔާގެ އަމަލާ ގުޅޭ ތަފާސްހިސާބު އެއްކުރުމާއި، ތަފާސްހިސާބު އެއްކުރުމުގެ ނިޒާމް ހަރުދަނާކުރުމުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް ކުރުން.
  3. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުއާރޓާލީ ރިޕޯޓުތަކާއި، އަހަރީ ރިޕޯޓުތައް، އަދި މިނޫންވެސް މިފަދަ ރިޕޯޓުތައް ތައްޔާރުކުރުން.
  4. އޮތޯރިޓީގެ ރިސާރޗް ކޮންފަރެންސް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  5. ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުތަކާއި އެކްޝަން ޕްލޭންތައް، އަދި އޮތޯރިޓީން ތައްޔާރު ކުރާ އެހެނިހެން ޕްލޭންތައް ތަންފީޒުވާ މިންވަރު ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މޮނިޓަރކުރުން އަދި އިވެލުއޭޓްކުރުން.
  6. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ އެއްބަސްވުންތަކުގެ ތެރެއިން ގެވެށި އަނިޔާއާ ގުޅުންހުރި ކަންކަން ތަންފީޒުވާ މިންވަރު ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މޮނިޓަރކުރުން.
  7. ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަށް އަހުލުވެރިވެ، އެ ޤާނޫނާ ގުޅުންހުރި އެހެން ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާތައްކުރުން.
  8. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި އެހީތެރިވުން.
  9. ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އަދި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި އެހީތެރިވުން.
  10. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  11. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1-      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 

2-      ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 20 ފެބްރުއަރީ 2020 ވަނަދަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ.މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ، ސޯސަންމަގު) ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: - ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: info@fpa.gov.mv

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

12 ފެބުރުވަރީ 2020
ހޯދާ