ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ވަންދޫގެ އިޖުތިމާޢީ ސަރަހައްދުތައް ސާދުކޮށް ބެލެހެއްޓުމާއިގުޅޭ

މި އިޢުލާންވަނީ 24 ފެބުރުވަރީ 2020 12:07 ގައި ބާތިލް ކުރެވިފައެވެ.


2020 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)388-PRO/388/2020/10 (26 ޖަނަވަރީ 2020) އިޢުލާން ބާތިލްކޮށް އިޢުލާންކުރަމެވެ.

 2020 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2020 ވަނަ ދުވަހު 10:00 އަށް މިއިދާރައަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން 16 ފެބްރުއަރީ 2020 ވަނަ ދުވަހު 10:00 އަށް ވަންދޫ ކައުންސިލް އިދާރާގައި ކުރިޔައްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

                           އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި ފުރިހަމަނުވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

11 ފެބުރުވަރީ 2020
ހޯދާ