މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ޙާފިޘަކު ހޯދުން

އިޢުލާން

1441 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ޙާފިޘަކު ހޯދުން

1441 ވަނަ އަހަރުގެ ރަމަޟާން މަހު ރ.މާކުރަތު " މަސްޖިދުލް ސަލާމް" ގައި އިމާމުވެ ހިފްޘުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ފެބަރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ މި އިދާރާއަށް ޙާޟިރުވެ ނުވަތަ މިއިދާރާގެ މެއިލް maakurathuoffice@gmail.com  މެދުވެރިކޮށެވެ.

   ރާއްޖެއިން ބޭރުގެ ޙާފިޘަކުނަމަ

  • ފުލައިޓްގެ ދެކޮޅު ޓިކެޓުގެ އަގު
  • ދަތުރު ޚަރަދު ރާއްޖެއާއި ރާއްޖޭން ބޭރުގެ ދަތުރުތައް ހިމެނޭ ގޮތަށް  
  • މާލޭގައި ހުރުމާއި ކެއުމުގެ ހަރަދު
  • ޙާފިޘަށް ދޭ އެލަވަންސް
  • މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަކާއި، އިންޝުއަރެންސް ކުރުމުގެ އަގު

އަދި ދަންނަވަމެވެ. ޙާފިޘު ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެޔާޒުން ހޯދަންޖެހޭ ހުއްދަ މި އިދާރާއިން ހޯދައި ދިނުމުން މޯލްޑިވްސް އިމިގުރޭޝަނުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި ޙާފިޘު ރާއްޖެ އައުމުން ރ.މާކުރަތަށް ފޮނުވައިދިނުމާއި މާކުރަތުން މާލެ ގެންދިއުމުގެ ކަންތައްތަކާއި ޙާފިޘަށް ދޭންޖެހޭ  އެލެވަންސްގެ ކަންތައްތައް، ޙާފިޘު ގެނައުމާއި ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 4009831 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ޖުމާދަލްއާޚިރް 1441

06 ފެބުރުވަރީ 2020
ހޯދާ