ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތްތަަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާހުރެ ހައުސިންގ ޔުނިޓް ނުލިބޭ ފަރާތުގެ ލިސްޓް ޢާންމުކުރުން

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 110  ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކު ޢާންމުކުރީމެވެ.

 

އަދި ދަންނަވަމެވެ. އެކިއެކި ސަބަބުތަކާއިހެދި ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުން މި ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، 16 ފެބްރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ  13:00 ގެ ކުރިން އެ ކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން އެ ޝަކުވާއެއް މި ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް 12 ފެބްރުވަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓާ ގުޅިގެން މި ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއަކަށް މި ކައުންސިލުން ޖަވާބު އަރުވާނެ ވާހަކަ ދެންނެވީމެވެ

 

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2020
ހޯދާ