ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

01 އަހަރު ދުވަހުގެ މުއްދަތައް ނޫރާނީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރަތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 11.00 ގައި ނޫރާނީ ސްކޫލްގައި

 މަޢުލޫމާތު ދިނުން

 02 މާރޗް 2020 ވާ ހޯމަ  ދުވަހު ހެނދުނު 11.00 ގައި ނޫރާނީ ސްކޫލްގައި

 އަންދާސީ ހިސާބު ހުށަހެޅުން

  

  ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތްތަކާއެވެ.                                 

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.    

  މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

  ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

11 ފެބުރުވަރީ 2020
ހޯދާ