މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
14 ހައި ސްޕީޑް ވެސަލް މެނުފެކްޗަރ، ޓެސްޓް އަދި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް- އިސްލާޙުކުރެވިފައި

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (އިސްލާޙު ކުރެވިފައި)

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، 14 ހައި ސްޕީޑް ވެސަލް މެނުފެކްޗަރ، ޓެސްޓް އަދި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ މާލީ ޤާބިލްކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

3. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

4. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 06 ފެބުރުވަރީ 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

5. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުންއެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349105+,9603349106+, 9603349147+

އީ މެއިލް:. [email protected]

ކޮޕީ:   [email protected]

11 ފެބުރުވަރީ 2020

11 ފެބުރުވަރީ 2020
ހޯދާ