ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ހއ. މޮޅަދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނޭ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު 246/246/2020/9(އައިޔޫއެލް) (29 ޖަނަވަރީ 2020) އިޢުލާނާއި ގުޅިގެން ހއ. މޮޅަދޫ ކައުންސިލް އިދާރާގެ  ސެކިއުރިޓީ ބަލަހައްޓާދޭނޭ ފަރާތެއް ހޯދުމަށް އެދި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އަލުން  އިޢުލާނު ކުރަމެވެ.

 

2020 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ހއ. މޮޅަދޫ ކައުންސިލް އިދާރާގެ  ސެކިއުރިޓީ ބަލަހައްޓާދޭނޭ ފަރާތެއް ހޯދުން

 

2020 ވަނަ އަހަރުގެ މާރިޗް މަހުންފެށިގެން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 16 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑިގައި މިއިދާރާގެ ނަންބަރު 6500031 އަށް ގުޅުއްވުން އެދެމެވެ . 

09 ފެބުރުވަރީ 2020
ހޯދާ