ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަންކިއުން

މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ

މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ތިރީގައިވާ ތަކެތި ނީލަމުގެގޮތުގައި ވިއްކާލަން ބޭނުންވެއެވެ.

  • މޯޓަރ
  • 3 ޔޫ.ޕީ.އެސް
  • ޕްރިންޓަރ
  • ގަޑި
  • ކޮފީ މޭކަރ
  • ވައިޓްބޯޑް
  • ލައިބްރަރީ އިމާރާތުން ނެގި ޓިނުތައް

މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައިމިވަނީއެވެ.

  1. ނީލަންކިޔުން އޮންނާނީ 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހު 13:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
  2. ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
  3. ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
  4. ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
  5. ނީލަން ނިމޭތާ 1 ގަޑި އިރުތެރޭ ނީލަން ލިބުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
  6. ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ހަމަ އެ ދުވަހު ނީލަން ނިމުމުން އެ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

      މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500014  ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

09 ފެބުރުވަރީ 2020
ހޯދާ