ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް

އޮޑިޓަރެއް ހޯދުން

 

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރާނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކައުންސިލުގެ ނަންބަރު: 2020/05/IUL/480 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ބިޑާބެހޭ މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާނު ބާތިލްކޮށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ މާލީ ހިސާބުތައް އޮޑިޓްކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކޮއްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 10 ފެބްރުއަރީ 2020 ގެ 12:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާބެހޭ އިތުރު ތަފްޞީލާއި މި މަސައްކަތް ކުރުވާނެ ފަރާތެއް ހޮވުމުގައި ބަލާނެ ގޮތްތައް ބަޔާންކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުން އެދެމެވެ.

06 ފެބުރުވަރީ 2020
ހޯދާ