ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

އިޢުލާން

އަންދާސީހިސާބު ހޯދުން

މިކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތައް މި ކޮމިޝަންގެ ޔުނިޓެއްގެ ސެޓްއަޕް ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިކޮމިޝަނަށް (މއ.އުތުރުވެހި 5 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

06 ފެބުރުވަރީ 2020
ހޯދާ