މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭވަށު ސްޓޭޖުގެ ކުރަންހުރި ބައެއް މަސައްކަތްތައް ކުރުން

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/INDIV/2020/3 (30 ޖެނުއަރީ 2020) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަށް ބޮޑުކަށް ފާހަގަ ކުރެވިފައިވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

ވޭވަށުގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ސްޓޭޖުގެ މަސައްކަތް، މަސައްކަތުގެ ތާވަލާއި އެއްގޮތްވާގޮތުގެމަތިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން ވޭވަށުގައި އަލަންފަށާފައިވާ ސްތޭޖްގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06  ފެބުރުއަރީ  2020 އިން       12 ފެބުރުއަރީ 2020 އަށް

14:00

އަންދާސީ ހިސާބު ބަލައިގަތުން

13 ފެބުރުއަރީ 2020

ބުރާސްފަތި

10:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާއަށް ދުރުވުމުން ނުވަތަ ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި 9909988 މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި އަލަށްއަޅާ ސްޓޭޖް މަސައްކަތް ކުރުމަށް" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން ހިމެނިފައި އެވަނީއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/INDIU/2020/5 (06 ފެބުރުއަރީ 2020) އިޢުލާނާއި ގުޅިގެން ޕްއިންޓް ދެވޭނެ ގޮތުގެ މެނުއަލް ތިރީގައި އެވަނީއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

 

(ހުށަހެޅޭ އެންމެދަށް އަގު / ހުށަހެޅި އަގު) × ކަނޑައޅިފައިވާ އިންސައްތަ

 

v     މަސައްކަތުގެ އަގަށްދޭ މާކްސް

v     މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

50%

އަގު

 

(ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ޢަދަދު/ ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހެޅި ހުރިހާ ޕްރޮޖެކްޓެއްގެ ޢަދަދު) × ކަނޑައެޅިފައިވާ އިންސައްތަ

 

v     ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގާފައިވާ މިންވަރު

v     މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ލިބޭ % އެއް

v     މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތަކަށެވެ.

20%

ތަޖުރިބާ

ހުށަހަޅާފައިވާ މުއްދަތު /

އެންމެ ކުރުމުއްދަތު) × ކަނޑައެޅިފައިވާ އިންސައްތަ

 

v     އެންމެ ކުރު މުއްދަތެއްގައި ނިންމުމަށް ހުށަހަޅާފައިވާ ފަރާތްތައް

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީން ބެލުމަށްފަހު އެންމެ ކުރުމުއްދަތެއް އެސްޓިމޭޓްގައި ހިމަނާފައިވާ އެންމެ ކުރު މުއްދަތެއްގައި މަސައްކަތް ނިންމާފަރާތަކަށެވެ.

20%

މުއްދަތު

(ހުރިހާ ފަރާތްތަކުން ހުށަހަޅާފައިވާ ޖުމްލަ އަގު / ހުށަހެޅި އަގު) × ކަނޑައެޅިފައިވާ އިންސައްތަ

 

v     އަންދާސި ހިސާބު ހުށަހެޅޭ ޕްރޮޖެކްތަގައި އިތުރަށް ފުރިހަމަކުރުމަށް، އަގުނުނަގާގޮތަށް ބައެއް މަަސައްކަތް ހިމެނިދާނެއެވެ. މީގެ އިތުރުން ކުޅިވަރުގެ އެހެނިހެން ކަންކަމަށް ހިލޭއެހީގެ ގޮތުގައި ކަންކަން ހުށަހެޅިދާނެއެވެ. (ހުށަހަލާފައިވާ ކަންކަމުގެ އަގު އެނގެން އޮންނަންވާނެއެވެ)

10%

ސީއެސް އާރުގޮތުގައި ހުށަހަޅާ ކަންކަމަށް

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

06 ފެބުރުވަރީ 2020
ހޯދާ