ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

            ގދ. ތިނަދޫ، 

              ދިވެހިރާއްޖެ.                                                           ނަންބަރު: (IUL)ASMH/ASMH/2020/4  

                                                                   

އިޢުލާން

މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.  

 

 

މަޤާމް

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު:

J-311439, J260926

ބޭނުންވާ ޢަދަދު:

02 (ދޭއް)

ގިންތި: 

ދާއިމީ

ރޭންކް:

ޖީ. އެސް 3

ކްލެސިފިކޭޝަން: 

އޮފިސަރ ގރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ، ގދ. ތިނަދޫ

މުސާރަ:

-/4465 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ ( މަހަކު )

 

 

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/700 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ޑިއުޓީގަޑީގައި އަންނަ ކޯލްތަކަށް ޖަވާބުދާރީ ވުން.
  2. ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތި ބަހުން މުއާމަލާތްކުރުން.
  3. ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމާއި މެމޯލިޔުން.
  4. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތުން އެއްވެސް ފައިސާ އެއް ނަގަން ޖޭހޭނަމަ ފައިސާ ނަގާ ރަސީދު ލިޔުން.
  5. އާސަންދައިގެ މެމޯތައް ދުވަހުން ދުވަހަށް އެންޓަރކުރުން
  6. ކޮންމެ މަހެއްނިމުމުން ކުރީމަހުގެ އާސަންދަ އިންވޮއިސް ތައްޔާރުކުރުން.
  7. އާސަންދަ އިންވޮއިސް ތައްޔާރުކުރުމަށްފަހު އާސަންދަ މެމޯ ޑިސްޗާޖް ސަމަރީ އާއި އެކު އާސަންދަ ޕްރައިވެޓް ލިމިޓަޑާއި ވީ އެންމެ އަވަހަކަށް ހަވާލުކުރުން.
  8. މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ތިޖޫރީގެ ހިސާބު ޤަވާޢިދުން ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯރޓް ހެދުން.
  9. ލިބޭ އާންމުދަނީ ފައިސާ ރިޕޯރޓް ފައިނޭންސް ސެކްޝަނާއި މަސް ނިމުމުން ވީ އެންމެ އަވަހަކަށް ހަވާލުކުރުން.
  10. ވަޒީފާގެ ގޮތުން މުވައްޒަފަށް އެންގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން
  11. މަސައްކަތަށާއި ވެރިންނަށް އިޙްލާސްތެރިވެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރުން.
  12.  ކޯލްޑިއުޓީއަކަށް އަންނަން ޖެހޭ ޙާލަތްތަކުގައި ޑިއުޑީއަށް އައުމާއި އިމަރޖެންސީ ޙާލަތްތަކުގައި ހޮސްޕިޓަލުން ގުޅުމުން ވީހާވެސް އަވަހަށް ( ލަސްވެގެން 15 މިނިޓްތެރޭގައި ) ހޮސްޕިޓަލަށް އައުން.
  13.  އެއްޑިއުޓީއިން އަނެއްޑިއުޓީއަށް ބަދަލުވާ އިރު ކޮންމެހެން ސާފުކޮށްދޭންޖެހޭ މުހިއްމު ކަންތައްތަކުގެ މަޢުލޫމާތު ކިޔާދީ އޮޅުން ފިލުވައިދިނުން.
  14. މީގެ އިތުރުން ހޮސްޕިޓަލުގެ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން  ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

 

ވަޒީފާގެ މަސައްކަތު ދާއިރާތައް

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ކެއަރ

 

މަޤާމުގެ ޝަރުޠު:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މިހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް    މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.                                   

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމު މިހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް  އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 13 ފެބްރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިހޮސްޕިޓަލުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2020 ފެބްރުވަރީމަހު  އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ މި ހޮސްޕިޓަލުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 05 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6841970 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

                     11  ޖުމާދަލްއާޚިރާ 1441

                     05 ފެބްރުވަރީ  2020

 

 

                                                                       އަހްމަދު ސައީދު

                                                                         މެނޭޖަރ

05 ފެބުރުވަރީ 2020
ހޯދާ