މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ސޮކަލަރޝިޕް ފުރުސަތު "ޑްރީމް ޓުގެދަރ މާސްޓަސް ޕްރޮގްރާމް"

"ޑްރީމް ޓުގެދަރ މާސްޓަސް ޕްރޮގްރާމް" އަކީ ކޮރެއާގެ މިނިސްޓްރީ އޮފް ކަލްޗަރ ސްޕޯޓްސް އެންޑް ޓުއަރިޒަމް އާއި ކޮރެއާގެ އޮލިމްޕިކ ކޮމިޓީ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕްއަކީ ކުޅިވަރު ކުރިއަރުވައި ދިރުވުމުގެ ފުރުސަތު ކުޑަ ޤައުމުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސްކޮލަރޝިޕްއެކެވެ. މި ސްކޮލަރޝިޕްގެ އަމާޒަކީ ކުޅިވަރުގެ ދާއިރާއިން ފެންވަރުގެ ލީޑަރުން މިފަދަ ޤައުމުތަކުގައި ބިނާކުރުމެވެ. ސްކޮލަރޝިޕްގެ ޕްރޮގްރާމް ކުރިއަށްދާނީ ކޮރެއާގެ ސޯލް ނެޝެނަލް ޔުނިވަރ ސިޓީގައެވެ.

 

ޓާގެޓް ގްރޫޕް: ކުޅިވަރުގެ އެޑްމިނިސްޓްރޭޓަސް

 

މުއްދަތު: 02 އަހަރު (17 މަސް)

 

ފައިނޭންޝަލް އެއިޑް:

ޓިއުޝަން ފީ

ލިވިންގ އެކްސްޕެންސް

ޓިކެޓް

ސްޕޯޓްސް ފިލްޑް ޓްރިޕްސް

ހެލްތް އިންޝިއުރަންސް

 

އެޑްމިޝަން އެލިޖިބަލިޓީ: މި އައިޓަމް އާއި ބެހޭ މައުލޫމާތު އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖް (https://www.facebook.com/OlympicMDV/) އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އޮލިމްޕިކް ކޮމިޓީގެ އޮފީހާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

 

ވީމާ ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއ އެހެނިހެން ޑޮކިއުމަންޓްސް 16 ފެބްރުއަރީ 2020 ގެ ކުރިން ފޮނުއްވުން އެދެމެވެ.

05 ފެބުރުވަރީ 2020
ހޯދާ