ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ދޯނި ކެޕްޓަން (ކާޑެއްދޫ އެއަރޕޯޓް)

އިޢުލާން

މަޤާމް: 

ދޯނި ކެޕްޓަން  

ބޭނުންވާ ޢަދަދު:  

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކާޑެއްދޫ އެއަރޕޯޓް އޮފީސް / ގދ.ކާޑެއްދޫ

މުސާރަ:

މަހަކު 4600 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ހަމަޖެހިފައިވާ ޑިއުޓީ ގަޑިތަކަށް މުވައްޒަފުން އުފުލުމާއި ، އެއަރޕޯޓަށް ބޭނުންވާ  ދަތުރުތައް ކުރުން.
  2. ދަތުރު ފެށުމުގެ ކުރިން އިންޖީން ތެލާއި، ފެން ހަމަޔަށް ހުރިތޯ ބަލައި ޗެކްކުރުމާއި، އޮޕަރޭޝަނަލް ޗެކްލިސްޓްގައިވާ ކަންކަން  ދުވަހުން ދުވަހަށް ބެލުމާއި، މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ސެކްޝަން ހަވާލުވެ ހުންނަވާ މީހަކަށް ވަގުތުން އެންގުން.
  3. ކޮންމެ ދަތުރެއް ފެށުމުގެކުރިން ހުރިހާ ގޮނޑިތައް  ފޮހެ ސާފުކޮށްފައިވޭތޯ ބެލުން.
  4. އުޅަނދުފަހަރު ކަނޑުމަތީގައި އާއި ބަނދަރުގައި އޮންނައިރު ރަގަޅަށް ބެލެހެއްޓުން
  5. އުޅަނދުފަހަރުގައި މަރާމާތުގެ ގޮތުން ދިމާވާ ހުރިހާ މަސައްކަތެއްގައި އަމަލީގޮތުން ބައިވެރިވެ  އެމަސައްކަތްކުރުން.
  6. ދޯނި ދަތުރުގައި އުޅޭއިރު ބުރަފަތީގައި އެއްޗެއް އޮޅިގެން ނުވަތަ އެނޫން ސަބަބަކާހެދިވެސް މޫދަށް އެރެންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ މޫދަށް ފައިބާ އެކަމެއް ހައްލުކުރުން.
  7. ދޯނީގައި ހުންނަ ލައިފް ޖެކެޓާއި އަދި އެހެން އެނޫންވެސް އެހެން ސާމާނު މަހަކު އެއްފަހަރު ފޮހެސާފުކޮށް ބެލެހެއްޓުން.
  8. ދޯނީގެ އިންޖީނާއި އިންޖީނު ރޫމް ކޮންމެ ހަފްތާއަކު އެއްފަހަރު ދޮވެ ސާފުކުރުން.
  9. ދޯނީގެ އިންޖީން އަޑީތެލާއި ފިލްޓަރ ބަދަލުކުރަން ހަޖެހިފައިވަ ގަޑި ޖެހުމުން އަޑިތެލާއި، ފިލްޓަރ ބަދަލުކޮށް ބެލެހެއްޓުން.
  10. ކޮންމެ މަހަކު އެއްފަހަރު ދޯނީގެ އެތެރެއާއު ބޭރު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  11. އޮފީހަށް ބޭނުންވާ މުދާ ގަތުމަށް ބޭނުންވާ ފޯމްތަކުގެ އަގު ބެލުމާއި، އަދި އެމުދާތަކާއި ޙަވާލުވުމަށްފަހު ދޯނި ފަޅުވެރިންލައްވާ މުދާ ދޯންޏަށް އަރުވާ ބޭލުމުގެ އިތުރުން ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއިން މުދާ ސްޓޯރާއި، ނުވަތަ އޮފީހާއި ޙަވާލުކުރުން. އަދި ލިޔެކިޔުންތައް އޮފީހާއި ހަވާލުކުރުން.
  12. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ގްރޭޑް 7 ނިންމާފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ކާޑެއްދޫ އެއަރޕޯޓް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލެވިފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް  %26
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %26
  3. އިންޓަރވިއު އަދި ޕްރެކްޓިކަލްސް %48
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 35% އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ  14:00ގެ ކުރިން، ކާޑެއްދޫ އެއަރޕޯޓް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     (kdm.admin@transport.gov.mv) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ފެބްރުއަރީ 2020 އާއި 15 މާޗް 2020 އާ ދެމެދު، ކާޑެއްދޫ އެއަރޕޯޓް އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6840012 އެވެ. އީމެއިލް ކުރާނީ (kdm.admin@transport.gov.mv) އަށެވެ.

05 ފެބުރުވަރީ 2020
ހޯދާ