މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

2020ވަނަ އަހަރު މަޖީދިއްޔާ ސްކޫލް ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަން އިޢުލާނާ (MS/IUL/2020/01) ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފަރާތަކުން ގަބޫލްކުރެވޭ ފެންވަރެއްގެ އަގު ހުށެހެޅުމުން، ކޮންޕީޓްކުރާ އެހެން އެއްވެސް ފަރާތެއް ނެތުމުގެ ސަބަބުން ސްކޫލްގެ އިވޭލުއޭޝަން ކޮމިޓީ މެންބަރުންގެ އިއްތިފާޤުން 3ވަނަ ފަހަރަށް އިއުލާން ކުރަން ނިންމިއެވެ.

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 30 އިން 2020 ފެބްރުއަރީ 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 10ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 12ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ފެބްރުއަރީ 11 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  • މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ފޯން:332-4691

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

30 ޖަނަވަރީ 2020
ހޯދާ