ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މަޤާމް: 

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-314740

ބޭނުންވާ ޢަދަދު:  

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:  

އެމް.އެސް 2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރީޖަނަލް އެއަރޕޯޓްސް/ މާލެ'

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

ހިއުމަން ރިސޯސް މެނޭޖްމަންޓް ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި މުސާރައިގެ 28% ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މުވައްޒަފުންގެ ހާޒިރީއާއި، ސަލާމާއި، ޗުއްޓީ އަދި އިތުރުގަޑީގެ ރިކޯޑުތައް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި މަސައްކަތުގެ ޕާރފޯމަންސް ބަލައި އަޚުލާޤީ ފިޔަވަޅު އެޅުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓައި ސެކްޝަންގެވެރިޔާއަށް ރިޕޯޓްކުރުން. އަދި މުވައްޒަފުންގެ ރަޖިސްޓްރީ ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ސެކްޝަނުގައި ފައިލްކުރަންޖެހޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. 
  2. މުވައްޒަފުންނަށް ވަޒީފާ ދިނުމަށްޓަކައި ޖޮބް ޑިސްކްރިޕްޝަންތައްޔާރުކުރުމާއި، ޢިއުލާން ގެޒެޓުގައި ޝާޢިރު ކުރުމާއު، ޢާންމުކޮށް ފުރުޞަތު ހުޅުވުމާއި އެޕްލިކޭޝަންބަލައިގަތުމާއި، ޝޯޓްލިސްޓް ކުރުމާއި، އިންޓަރވިއު ކުރެވޭނެ އިންތިޒާމްހަމަޖެއްސުމާއި ވަޒީފާއަށް ހޮވުމާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއަލަށް ވަންނަ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި ޕްރޮބޭޝަނަލްމުއްދަތުގައި މަސައްކަތްކުރަމުން ގެންދާގޮތް ބެލެހެއްޓުން. އަދި ހަމަޖެހިފައިއޮންނަ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސެކްޝަންގެވެރިއެއްގެ ލަފާގެމަތިން ކުރުން.
  3. މަޤާމުތަކުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ސީ.އެސް. ވިއުގަ މެދުވެރިކޮށް ގެނައުން. އަދި ރީޖަނަލް އެއަރޕޯޓްސްއާއި މިއޮފީހުގެ ބެލުމުގެދަށުން ހިނގަމުން އެއަރޕޯޓްތަކުގެ ވަޒީފާއާއިގުޅޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން. މީގެއިތުރުން އަހަރީ ރިޕޯޓް އަށް ބޭނުންވާ މަޢުލޫމާތު އެޑްމިން ސެކްޝަނަށް ފޮނުވުން.
  4. ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއިސިޓީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރުން. އަދި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭލިޔެކިޔުންތައް ދުވަހުން ދުވަހަށް ފޮނުވުމާއި ވަޒީފާއާއިބެހޭ ޤާނޫނުތަކާއިޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށްދެނެގަތުން.
  5. އެއަރޕޯޓްތަކުން އެކި ބޭނުންތަކުގައި އަންނަ މުވައްޒަފުންގެ ހާޒިރީ ތައްޔާރުކޮށް އެއަރޕޯޓްތަކަށް ފޮނުވުމާއި، ރީޖަނަލް އެއަރޕޯޓްސްގެ މުވައްޒަފުން އެކި ބޭނުންތަކުގައި އެއަރޕޯޓްތަކަށް ކުރާ ދަތުރުތަކުގެ އެލަވަންސް ރިޕޯޓް ތައްޔާރުކޮށް އެލަވަންސް ހަމަޖެއްސުން. އަދި ރީޖަނަލް އެއރޕޯޓްސް އާއި އޮފީހުގެ ބެލުމުގެ ދަށުގައިވާ އެއަރޕޯޓްތަކުގެ ކޮންމެ މަހެއްގެ މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމާއި ޕެންޝަން ކޮށާރަށް އެޅުން. އަދި މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ ދާއިރާތައް

  • ހިއުމަން ރިސޯސް

ތައުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް  %40
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް
  3. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަން ދެވޭ އިމްތިޚާން %5
  4. އިމްތިޙާން/ ޕްރެކްޓިކަލްސް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް %40
  5. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %45 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސް އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 12 ފެބްރުއަރީ 2020 އާއި 13 މާރޗް 2020 އާ ދެމެދު، ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

30 ޖަނަވަރީ 2020
ހޯދާ