މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ، ދުވާފަރު މަސްޖިދުލް ފުރުޤާން އަށް މަސައްކަތު މީހުން ބޭނުންވެއްޖެ

c

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

    ރ. ދުވާފަރު، ދިވެހިރާއްޖެ                            ނަމްބަރ: (IUL)304-MS/304/2020/18

 

އިޢުލާނު

 

މަޤާމް: 

މަސައްކަތު

 

މަޤާމުގެ ނަންބަރު:

J-307341

J-308953

 

ބޭނުންވާ ޢަދަދު:

2 (ދޭއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެސް އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރ. ދުވާފަރު މަސްޖިދުލް ފުރުޤާން  (ރ. ދުވާފަރު ކައުންސިލްގެ އިދާރާ)

 

މުސާރަ:

3100.00 ރ

 

ސަރވީސް އެލަވަންސް:

1000.00 ރ

 

އެހެނިހެން އެލަވަންސް:

ކޯ އެލަވަންސް: 1200.00ރ

ސިވިލް ސާރވިސް ޤަވާއިދުގައިވާ ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދުވާލު ދެއިރު މިސްކިތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން

2. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތްތެރެ ކުނިކަހައި ސާފުކުރުން

3. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ފާޚާނާއާއި އިސްކުރު ބަރި ސާފުކުރުން

4. ދުވާލު ދެއިރު މިސްކިތުގެ ތަށިމުށިތަކުގައި މޮޕްލައި ސާފުކުރުން

5. ކޮންމެ ދުވަހަކު ކުޑަދޮރުތަކާއި ބޮޑުދޮރުތައް ފޮޅާ ސާފުކުރުން

6. ހަފްތާއަކު ދެފަހަރު ކުޑަދޮރުތަކުގެ ބިއްލޫރިތައް، ބިއްލޫރި ސާފުކުރާ ފެން ލައިގެން ސާފުކުރުން

7. ޚަތިމްތައް ބަހައްޓާ ކަބަޑުތައް ކޮންމެ ދުވަހަކު ސާފުކުރުން

8. މަހަކު ދެފަހަރު ފަންކާތަކާއި ހުރިހާ ދިއްލުންތަކެއް ސާފުކުރުން

9. 3 މަހުން 1 ފަހަރު ވަޅުދިޔަ ހިއްކާ ސާފުކުރުން

10. ހުކުރު، ޢީދުނަމާދު ކުރުމަށްޓަކައި މިސްކިތާ އަދި އެނޫން ތަނެއް ތައްޔާރުކުރަން ޖެހުނު ނަމަވެސް ޢީދު ނަމާދު، ހުކުރު ނަމާދުގެ ވަގުތުގެ ކުރިން ތައްޔާރުކުރުން (މިސްކިތުގައާއި ތައްޔާރުކުރާ ތަނެއްގައި މޮޕްލުން)

11. މިސްކިތުގެ ގޯތިތެރެ ޒީނަތްތެރި ކުރުމަށް ގަސް ހެއްދުމާއި ހައްދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން

12. ވުޟޫޢުކުރާ އިސްކުރު ބަރިއާއި ފާޚާނާތަކުގެ ޖަންގުޝަން ނަގައި ބެލެހެއްޓުން

13. މިސްކިތު ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ބެލެހެއްޓުން

14. މިސްކިތު ގޯތިތެރޭގައި ހުރި ކަޅު ހަންތަކަށް ވާރޭފެން އަޅައި ސާފުކޮށް ބެލެހެއްޓުން

15. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން

16. މިސްކިތުގެ ފަންކާ، ހޮޅިބުރި، ބޮކި، ފެން މޯޓަރ ފަދަ ތަކެތި ހަލާކުވުމުން ކަމާއި ބެހޭ ފަރާތަށް އެންގުމާއި އަދި އެތަކެތި ހޯދައިދިނުމުން އެކަންކަން ރަނގަޅު ކުރުން

17. ފަރުޟު ފަސް ނަމާދާއި ގުޅިގެން ނޫން ގޮތަކަށް ކުރާ ޢީދު ނަމާދު، ކަށު ނަމާދު، ކޭތަ ނަމާދާއި ތަރާވީޚް ނަމާދު ފަދަ ނަމާދުތަކަށް މިސްކިތް ތައްޔާރުކުރުން

18. މިނޫންވެސް އިތުރުކަމެއް ހަވާލުކޮށްފިނަމަ އެކަމެއް ރަނގަޅަށް ކުރުން

19. ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން

 

 

މަޤާމަށް ކަނޑައަޅާފައިވާ ޝަރުތުތައް:

ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށް އެދޭފޯމް (މި ފޯމް ސިވިލް ސަރވީސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ސިވިލް ސަރވީސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޡެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

        (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑަ އަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

        (ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

7. ސިވިލް ސަރވީސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

        (ހ) ސިވިލް ސަރވީސްގެ ވަޒީފާގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުން އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

        (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވަ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން
  • މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
  • އިންޓަރވިއު / ޕްރެކްޓިކަލްސް

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުވަރީ 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ އަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓު ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2020 ފެބްރުވަރީ 16 އާއި         2020 ފެބްރުވަރީ 27 އާ ދެމެދު ރ. ދުވާފަރު ކައުންސިލްގެ އިދާރާ ގައެވެ.

 

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) '' ޢާންމު ކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި                       ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާއްމުކޮށް ފޭންނާނޭހެން                             މި އިދާރާގައި ނޯޓިސް ބޯޑުގައި އަދި މިއިދާރާގެ ފޭސްބުކް ޕޭޖްގައި                         “Secretariat of The North Maalhosmadulu Dhuvaafaru Council” ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާ ހުށަހަޅަން ވާނެއެވެ.

 

              މި އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 6582701 ފޯނު ނަމްބަރު އަށެވެ. އީ- މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވީސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑު ތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވީސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަން ކުރުމުގެ އުސޫލާގުޅޭ '' (htt://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

                           04 ޖުމާދަލްއާޚިރާ 1441

                           29 ޖެނުއަރީ 2020

                                         

29 ޖަނަވަރީ 2020
ހޯދާ