ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

 

މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

މަޤާމް :

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-305827

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް :

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:   

ސީނިއަރ ޓެކްނިކަލް އޮފިސަރ ގެރޭޑް 1.

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ކޮޅުމަޑުލު ކަނޑޫދޫކައުންސިލްގެ އިދާރާ، ތ.ކަނޑޫދޫ

މުސާރަ:              

މަހަކު 7035.00 ރުފިޔާ

ސާރވިސް އެލަވަންސް:    

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 900.00 ރުފިޔާ  ނުވަތަ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް، މުވައްޒަފުއަދާކުރާ މަގާމުގެ އަސާސީ މުސާރައިގެ %28 ގެ އެލަވަންސެއް "ޓެކްނިކަލް ކޯއެލަވަންސް" ގެ ނަމުގައި ހަމަޖެއްސޭނެ.

2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެޙުލާޞާ:

1-      އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސާރވިސް ޔުނިޓުގެ އިސްވެރިއެއްގެ ޙައިޘިއްޔަތުންކައުންސިލްގެ އިދާރާގެ އިކޮނޮމިކް (ވިޔަފާރިއާ، އިގްތިސާދީ) އަދި މުނިސިޕަލް (ރަށްވެހިކަމުގެ) މަސައްކަތްތައްރާވައި އިންތިޒާމްކޮށް އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާރވިސް ޔުނިޓްގެމަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގާ ބެލެހެއްޓުމާއެކު ޔުނިޓްގެސުޕަވައިޒަރުގެ ރޯލު އަދާކުރުން.

2-      ރަށު ތަރައްޤީގެ ޕްލޭން ތަންފީޒް ކުރުމަށްޓަކައި ޔުނިޓާއިގުޅުންހުރި ކަންތައްތައް ހިންގާ ރަށު ތަރައްޤީގެ ޕްލޭން ތަންފީޒްކުރުމަށްކުރަންޖެހޭ އެންމެހައިމަސައްކަތްތައްރާވައިހިންގުން.

3-      ދަނޑުބިންތަކުގެ މަޢުލޫމާތު ބެލެހެއްޓުމާ، ދަނޑުބިމުން ކުލިނެގުމަށް ހަދަންޖެހޭ އުސޫލުތަކާ، ޕްރޮސީޖަރތައްހެދުން

4-      ލޯކަލް ޓޫރިޒަމް ތައާރަފްކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާ، މީހުން ހޭލުންތެރިކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމާ، ވިޔަފާރި ތަރައްގީކުރުމަށް ބޭނުންވާ ލަފަޔާއި އިރުސާދު ކައުންސިލަށް ދިނުން

5-      ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ޤަވައިދު ތަންފީޒް ކުރުން

6-      މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދު ތަންފީޒް ކުރުން

7-      ރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު ތަންފީޒްކުރުން

8-      ތިމާވެށި ހިމާޔަތް ކުރުމަށް ހެދިފައިވާ ޤަވާއިދުހިންގާތަންފީޒް ކުރުން

9-      އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫނުފޯރާނެ ގޮތެއްގެ މަތީން ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތްރާވައިހިންގުމާ، ކުނި އުކާލުމާއި، ކުނި ނައްތާލުމާބެހޭ ގަވާއިދު ތަންފީޒުކުރުން.

10-  ޔުނިޓާއި ގުޅުންހުރި ޤަވާއިދުތަށް ތަންފީޛު ކުރުމަށް ހަދަންޖެހޭ އެންމެހައި އުސޫލުތަށް ހަދައި ހިންގުން

11-  ކައުންސިލުގެ ބެލެމުގެ ދަށުގައިވާ ކުޅިވަރުބިންތައް ތަރައްގީކުރުމާއި ބެލެހެއްޓުން

12-  ވަޒީފާ ބަޔާނުގައިވާ ޚާއްޞަ ވާޖިބުތަކުގެއިތުރުން،މުޅިތަނާއި، ޤައުމަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެންޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

13-  ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުންއިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައްކުރުން.

14-  ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

މަޤާމުގެ ޝަރުތުތައް:

 

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް ނުވަތަ އާބަން ސްޓަޑީޒް) ފަދަ ރޮނގަކުންދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިކޮނޮމިކްސް އަދި އާބަން ސްޓަޑީޒް ގެ ދާއިރާއެއްގައިމަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސްމެނޭޖްމަންޓް، އިކޮނޮމިކްސް ނުވަތަ އާބަން ސްޓަޑީޒް) ފަދަ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމްސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށްޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާއޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއިޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސްފުރިހަމަކުރިކަމުގެލިޔުމާއެކުކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށްމޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާ، ޓްރާންސްކުރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައިނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަކުންފުންޏެއްނުވަތައަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދިމަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮއްފައިވާ ނަމަ، އަދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް  :

މިޑްލް މެނޭޖްމަންޓް ސަރވިސް (އެމް.އެސް 3)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިފާ ތަޢުލީމު

85

30

 

 35

މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

 

12

 

5

 

 

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

 

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާމީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓްގެ ޖުމަލް %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ2020 ފެބްރުއަރީ6 ވަނަ ދުވަހުގެ12.00ގެ ކުރިން، ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިންސަރުކާރުންއަލަށްބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން ހުށަހެޅުންއޮންނާނީ،2020ފެބްރުއަރީ18އާއި 2020ފެބްރުއަރީ20 އާ ދެމެދު،ތ.ކަނޑޫދޫ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ޝީޓް (A2ފޯމް)'' އާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ6780036އަށެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ ''އައްޔަނު ކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުމާދަލްއާޚިރާ 1441

28  ޖަނަވަރީ  2020

28 ޖަނަވަރީ 2020
ހޯދާ