ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަމްބަރު:

J-296446

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން / ޔުނިޓް

ނެޝަނަލް މިއުޒިއަމް ސެކްޝަން / ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސަރަޙައްދީ މިއުޒިއަމްގައި ކުރަންޖެހޭ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ތަނަށް ހުށަހެޅޭ މައްސަލަތައް ހިންގަމުން ގެންދިޔުމާއި ޖަވާބު ދޭންޖެހޭ ކަންކަމަށް ޖަވާބު ދިނުމާއި ޔުނިޓުގެ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، މިއުޒިއަމްގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. މިއުޒިއަމްއަށް ޒިޔާރާތްކުރާ ޢާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ރާވައި ހިންގާނެގޮތާއި ބެހޭގޮތުން އިރުޝާދުދީ އެފަދަ މަސައްކަތްތައް ކުރެވެމުންދާގޮތް ބެލުން.
  3. މިއުޒިއަމްއަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށް އިސް ފަރާތްތަކުގެ މަޝްވަރާ ހޯދައި، ސެކްޝަންގެ ހެޑުންނާއި މަޝްވަރާކޮށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން.
  4. މިއުޒިއަމްގައި މަސައްކަތްތައް ސުޕަވައިޒްކުރުމާއި ޔުނިޓް މުވައްޒަފުންގެ މަސައްކަތްތައް އޯވަރޯލްކޮށް މޮނިޓަރ ކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، އަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ޤަވާޢިދާއި އަދި އުސޫލުތަކާއެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.
  5. ވަގުތީ ގޮތުން ބާއްވާ މައުރަޒުތައް އިންތިޒާމުކޮށް މައުރަޒުތައް ބޭއްވުން.
  6. ތަނުގެ މުދަލާއި ފައިސާ އަދި ސްޓޮކް، ގަވާއިދާއި އެއްގޮތަށް ބެލެހެއްޓެމުން ދާކަން ކަށަވަރު ކުރުން.
  7. ސެކްޝަން/ޔުނިޓުން ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެ ވަޞީލަތްތައް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.
  8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،               

މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމުގެ ދާއިރާ: އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 09 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ، 2020 ފެބުރުވަރީ 11 އާއި 2019 ފެބުރުވަރީ 20 އާ ދެމެދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 03 ޖުމާދުލްޢާޚިރާ 1441

28 ޖަނަވަރީ 2020
ހޯދާ