ދިވެހިރާއްޖެ
ޤަޟާއީ އަހަރު 2019 އިފްތިތާޙް ކުރުމަށްޓަކައި 2020 ފެބްރުވަރީ 18 ވާ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ތަކްރީމް ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ޝަރަފުގެ މުގުރާއި މެޑެލި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު F/2020/18 ނޯޓިސްއާގުޅިގެން އެކަޝީގެންވާ އަދަދަކަށް މީހުން ހާޟިރުވެފައިނުވާތީ މި ނޯޓިސް ބާޠިލްކޮށް ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
އަދަދު |
ތަކެތި |
03 |
މުގުރު |
03 |
މެޑަލް |
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 02 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.