ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުންނާއި އެޕެކޭޖްގައިވާ މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާ ގުޅޭ

ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރާ ފަނޑިޔާރުންނާއި އެ ޕެކޭޖްގައި ހިމެނޭ މުވައްޒަފުންނަށް ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި މިޑިޕާޓްމަންޓަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 05 ކޮމްޕިއުޓަރ ސިސްޓަމް
  • 02 ލެޕްޓޮޕް
  • 02 ސްކޭނަރ
  • 02 ޕްރިންޓަރ
  • 05 ބެކަޕް ބެޓަރީ
  • 01 އެކްސްޓަރނަލް ހާރޑް ޑިސްކް

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 ފެބްރުއަރީ 02 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 04 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއާޚިރު 1441

27 ޖަނަވަރީ 2020
ހޯދާ