ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ ދެކުނު ސަރަހައްދުގެ ގެތަކަށް ނަރުދަމާގެ ޙިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން ނަންބަރު: FNK-I/IUL/2020/018 

އިޢުލާން

އައްޑޫ ސިޓީ ހިތަދޫ ދެކުނު ސަރަހައްދުގެ ގެތަކަށް ނަރުދަމާގެ ޙިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމަށް ގެތަކުން ގުޅަންޖެހޭ ގުޅުންތައް ގުޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު FNK-/IUL/2019/201 އަދި FNK-I/IUL/2019/276 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް، މި އިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް އަލުން އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ތިން ހާސް (3,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.  

ބިޑް ސެކިއުރިޓީ ވާންވާނީ:

- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)

- ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)

- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

 

ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގަައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

 

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރެއްވުން

29 ޖަނަވަރީ 2020

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

5 ފެބްރުއަރީ 2020

13:00 މެންދުރު

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބު އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

26 ޖަނަވަރީ 2020
ހޯދާ