އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް ސްޕޮންސަރ ކުރުމަށް ފުރުސަތުހުޅުވާލުން

މިކައުންސިލްގެ ނަންބަރ (IUL)355-ESMS/355/2020/6އިޢުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލް ކުރީމެވެ. މިކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ " ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް" 10 ފެބްރުއަރީ 2020 އިން 20 މާރިޗު 2020 އާއި ދެމެދު ކުރިޔަށް ގެންދިޔުމަށް ނިންމާ މިމުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 1. މެއިން ސްޕޮންސަރ (އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް) – މުބާރާތުގެ ޓައިޓަލް ދިނުމާއި، ހުރިހާ ޓީމެއްގެ ޖާޒީގައި ލޯގޯ ޖަހައި ދިނުން އަދި 2 ދިމާލެއްގައި ސްޕޮންސަރ ކުރާ ފަރާތުގެ ނަމާއެކު ބެނާ ހަރު ކުރެވޭނެ. 2. އެކްސްކުލޫސިވް ސްޕޮނސަރ (ދެވަނަ އަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް) – 2 ބެނާ ބެހެއްޓުމާ އެކު 3 ބިލް ބޯޑުގައި ނަމާ އެކު ލޯގޯ ޖަހައިދެވޭނެ. 3. ޓްރޮފީ ސްޕްންސަރ ( މުބާރާތުގެ ޓްރޮފީތަކާއި މެޑަލްތަށް) - ބެހެއްޓޭ ބެނާ ތަކުގައި ނަން ނުވަތަ ލޯގޯ ޖަހައިދެވޭނެ. 4. 2ފޫޓް 6ފޫޓްގެ ބިލް ބޯޑް ހަދައިގެން ގެނައުމުން ބަހައްޓައި ދިނުން (500) ރުފިޔާ ވީމާ މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މިކައުންސިލްގެ އިދާރާއަށް ސްޕޮންސަރ ކުރެއްވުމަށް ހުށަހެޅުއްވުންއެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6680539 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 ޖަނަވަރީ 2020
ހޯދާ