މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީ (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މިއިދާރާއިން ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު، ދިވެހިރާއްޖެ                                           

 

Economic Development & Social services                              އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް

އިޢުލާން

 

 

ނަމްބަރ: (IUL)304-MS/304/2020/15

ތާރީޚް: 23 ޖެނުއަރީ 2020

ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީ (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މިއިދާރާއިން ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                

 ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީގައި ކުރަންހުރި ބައެއް މަރާމާތުތައް މިއިދާރާއިން މަރާމާތައް ބޭނުންވާ މައިގަންޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އެމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

27 ޖެނުއަރީ 2020

ހޯމަ

މެންދުރު 13:30

ބިޑް ހުށައެޅުން

02 ފެބްރުވަރީ 2020

އާދިއްތަ

މެންދުރު 13:30

 

                އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްއަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އަގު : %70
  • މަސައްކަތުގެ ތަޖުރިބާ :
  • މުއްދަތު :
  • ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ %5 (މީރާގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ.)

 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތްކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއި ކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ކޮށްފައިވާ މިއިދާރާގެ ނަމްބަރ : (IUL)304-EDS/304/2020/2 (12 ޖެނުއަރީ 2020) ގެ އިޢުލާންވަނީ ބާޠިލްކޮށްފައެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                        28 ޖުމާދަލްއޫލާ 1441

                        23 ޖެނުއަރީ 2020

23 ޖަނަވަރީ 2020
ހޯދާ