މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތް ޕްރޮގްރާމް އެސިސްޓެންޓް

އިޢުލާން

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް އެސިސްޓެންޓް

މަޤާމުގެ ނަންބަރު

J-249373

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ފުޑް ކޮންޓްރޯލް  ޑިވިޝަން / ބޯރޑަރ ކޮންޓްރޯލް - ރީޖަނަލް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ޝިޕްމަންޓްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި އުޞޫލު ގެ ދަށުން ހެދިފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ރިސްކް ބޭސްޑް އުސޫލުން އިންސްޕެކްޓްކޮށް ޤަވާޢިދާއި އެއްގޮތަށް ހުރިނަމަ ފުރިހަމަކުރަން ޖެހޭ ހުރިހާ ލިޔެކިޔުން ފުރިހަމަކޮށް ކްލިއަރެންސް ދިނުން
  2. ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި އުޞޫލު ގެ ދަށުން ހެދިފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ބަލާ ފާސްކުރުމަށްފަހު އެތަކެތީގެ ތެރެއިން ޤަވައިދަށް ނުވަތަ މިންގަނޑުތަކަށް ނުފެތޭ ކާބޯތަކެތި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިފެހެއްޓުމާއި، އެކަމާއިގުޅޭ ލިޔެކިޔުން ފުރިހަމަކޮށް ޑިއުޓީ ސުޕަރވައިޒަރުގެ ލަފާގެމަތިން ނިންމާ ފައިލްކޮށް ބެލެހެއްޓުން
  3. ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ މަޢުލޫމާތު (އޮތޯރިޓީން ކަނޑައަޅާފައިވާ މަޢުލޫމާތާއި ތަފާސްހިސާބުގެ ރެކޯރޑް) ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތުގެމަތިން ރިޕޯރޓްކުރުން.
  4. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ފުރިހަމަކުރުމަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރާ މަސައްކަތުގައި ބައިވެރިވުމާއި ބަލާފާސްކުރަންޖެހޭ މަސައްކަތުގައި އަދި އޯޑިޓްގައި ތާވަލް ކުރެވޭގޮތުގެ މަތިން މަސައްކަތް ކުރުން.
  5. ފުޑް ކޮންޓްރޯލް ޑިވިޝަންގެ އަދި ޚާއްސަ ގޮތެއްގައި މަސައްކަތާއި ގުޅުންހުރި ޝަކުވާތައް ބަލައިގަނެ ޑިއުޓީ ސުޕަރވައިޒަރު/ ޔުނިޓްހެޑް/ ސެކްޝަން ހެޑް/ ޑިވިޝަން ހެޑްގެ ލަފާގެމަތިން އެކަން ބެލުމަށާއި ހައްލު ކުރުމަށް މަސައްކަތް ކުރުން.
  6. ޕޯޓްތަކުގެ މަސައްކަތުގައާއި، ބަލާ ފާސްކުރުމާއި އޯޑިޓް ކުރުމުގައި، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤަވާޢިދު ތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށާއި ޚިދުމަތް ތަރައްޤީކުރުމަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކާއިމެދު ޚިދުމަތްހޯދާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުން.
  7. އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން، ކަނޑައެޅޭ މަސައްކަތްތައް، ޑިއުޓީ އަދި މަސައްކަތު ތާވަލް އާ އެއްގޮތަށް މަސައްކަތްކުރުން.
  8. ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން.
  9. މުވައްޒަފުންގެ ފައިލަށް އަލަށް ފޮނުވާ ދެންނެވުން / މެމޯ އަދި އެހެނިހެން ލިޔެކިޔުންތައް ކަނޑައެޅޭ ވަގުތެއްގެ ތރޭގައި ކިޔައި ސޮއިކޮށް އެއާއި އެއްގޮތަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާއި ބެހޭ ޤާވާއިދު"ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ،ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެތޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

23 ޖަނަވަރީ 2020
ހޯދާ