ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

               މިކުންފުނީގެ އެފް އެސް އެމް ބޯޓްޔާޑްގައި ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

 

މުދަލުގެ ބާވަތް:   އޮފީސް ޕާޓިޝަން، ސޯފާސެޓް، ގްލާސް ވޫލް، ޕަންޕް، ހަލާކުވެފައިހުރި އައުޓް ބޯޑް އިންޖީން، މެރިން އިންޖީން އަދި އިންޖީން ސްޕެޔާރ ޕާޓްސް ފަދަތަކެތި.

  

ތަން:     ޢެޕް. އެސް. އެމް ބޯޓްޔާޑް، ކ. ތިލަފުށި.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،23 ޖެނުވަރީ 2020 ވަނަ ދުވަހުން ފެށިގެން 27 ޖެނުވަރީ 2020 އާއި ދެމެދު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ބޯޓްޔަޑް، ކ.ތިލަފުއްޓަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރަސްމީ ގަޑީގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާއަށެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ކޯޓޭޝަނާއިއެކު ހުށައަޅުއްވަން ވާނެއެވެ.    

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9996466 ނުވަތަ 7997776 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

 

23 ޖަނަވަރީ 2020
ހޯދާ