މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލުން

 ޑުބާއި ގައި 20 އޮކްޓޯބަރު 2020 އިން 10 އޭޕްރީލް 2021 ބޭއްވާ "އެކްސްޕޯ 2020" ގައި ސަރުކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ 5 އަހަރަކުން އެއް އަހަރު، ހަމަސް ދުވަހުގެ މުއްދަތަށް ބާއްވަމުންގެންދާ މި ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންއާ އެކީގައިވާ ފޯމް ފުރިހަމަކުރުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ [email protected]

އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯމް ހުށައަޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަން ފެބްރުއަރީ މަހު އޮންނާނެ ވާހަކަ ދަންނަވަމެވެ.

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ޕްރޮޕޯސަލް ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

ފޯނު: 3333104 (960)+                           

އީމެއިލް: [email protected]

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

22 ޖަނަވަރީ 2020
ހޯދާ