ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ޝަރީޢަތުގެ ސްޓޭޖު ހެދުން

ނަންބަރު: 01/2020/(IUL)P2C

އިޢުލާން

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ޝަރީޢަތުގެ ސްޓޭޖު ހެދުން

 

ތިރީގައި އެވާ މަޢުލޫމާތާއި އެއްގޮތަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ޝަރީޢަތުގެ ސްޓޭޖު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.  

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު

  1. ހަދަންޖެހޭ ސްޓޭޖުގެ ބޮޑުމިނަކީ ދިގު158 އިންޗި،  ފުޅާ 66 އިންޗި، އުސްމިން 12 އިންޗި
  2. ސްޓޭޖު ހަދަން ޖެހޭނީ ސިމެންތިއާއި ވެލި ބޭނުން ކޮށްގެންނެވެ.
  3. ސްޓޭޖުހެދުމަށް 1 ފޫޓަށްވުރެ އުސްނުވާހެން ސްޓޭޖުގެ ދިގަށާއި ހުރަހަށް ފާރެއް ރާނައި ދިގަށް ރާނާ ފާރުގެ ބޭރު ފަރާތުގައި ސިމެންތި ޖަހަން ވާނެއެވެ.
  4. ސްޓޭޖުގައި ތަޅުން އަޅަންވާނީ އެތެރެއަށް ވެލި އަޅައި ރަނގަޅަށް ހަރުކުރުމަށްފަހުގައެވެ.
  5. ސްޓޭޖު މައްޗަށް ކަރަންޓް ނެގުމަށާއި ނެޓްވޯކު ކޭބަލް ނެގުމަށް 2 އިންޗި ހޮޅިއެއް އަޅަންވާނެއެވެ.
  6. ސްޓޭޖުގައި ހުންނަ މޭޒުގެ ތިރިއަށް ވާގޮތަށް ސްޓޭޖުމަތީގައި ކޯޓުން ދޭ ސޮކެޓު ހަރުކޮށް އެތަނުގައި މިހާރު އަޅާފައިވާ ކަރަންޓް ކޭބަލާއި ގުޅުވަން ވާނެއެވެ. 
  7. ސްޓޭޖުގައި ރަތް ކުލައިގެ ކާޕެޓް އަޅަންވާނެއެވެ. ކާޕެޓު އަޅާފައި ހުންނަށްވާނީ ސްޓޭޖުމައްޗާއެކު އަރިމަތީގައިވެސް އަޅާފައެވެ.
  8. ކާޕެޓް އެޅުމަށްފަހު ލަކުޑި ކުލައިގައި ހުންނަ ރޫޓަރުކޮށްފައިވާ ފައިބަރު ފަތި އަޅަންވާނެއެވެ. ފަތިގަނޑު ހަރުކުރާނީ އިސްކުރުޖަހައިގެންނެވެ. 
  9. ކާޕެޓް އަޅާއިރު ބެކުޕެނަލްގެ ތިރީގައި އަޅާފައި ހުރި ފަތިގަނޑު ނައްޓައި ކާޕެޓް އެޅުމަށްފަހު ފަތިގަނޑު އަލުން ހަރުކުރަންވާނެއެވެ.  ކާޕެޓްގަޑާއި ފަތިގަނޑާއި ދެމެދު އެއްވެސް ހުސްކަމެއް ހުރެގެން ނުވާނެއެވެ.
  10. އެސްޓިމޭޓުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  11. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  12. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
22 ޖަނަވަރީ 2020
ހޯދާ