މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ،ޕްރޮޖެކްޓްސް މެނޭޖްމަންޓް

އިއުލާން

ވަޒީފާގެ ފުރުސަތު:

އެސިސްޓަންޓް މެނޭޖަރ/ޕްރޮޖެކްޓްސް މެނޭޖްމަންޓް

މަޤާމް

އެސިސްޓަންޓް މެނޭޖަރ

ކްލެސިފިކޭޝަން

މަހަކު 10,200އާއި 11,800 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

 ލިވިންގް އެލަވަންސް: މަހަކު 3000 ރުފިޔާ

 އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،  އާކިޓެކްޗަރ، ސިވިލް އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން 3 އަހަރު ތަޖުރިބާ ލިބިފައިވުމާއި އެކު މިދާއިރާއާއި ގުޅުން ހުރި ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން.

މަޤާމުގެ ޝަރުތުތައް

ކޯޕަރޭޝަންއިން ހިންގާ ޕްރޮޖެކްޓްތަކުގެ ޕްލޭނިންގް، އިންޕްލިމެންޓޭޝަންގެ އަދި މޮނީޓަރ ކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓް ހެޑްގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދިއުން.

ޕްރޮޖެކްޓްތަށް ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޕްރޮޖެކްޓްތަކުގެ އަޕްޑޭޓް ޑިޕާރޓްމަންޓް ހެޑް އަދި މެނޭޖްމަންޓް އާއި ހިއްސާ ކުރުން.

ކޯޕަރޭޝަން އިން ޕްލޭންކޮށެ ޑިވެލޮޕްކުރާ ޕްރޮޖެކްޓް އަދި ޕްރޮޑަކްޓްސް ގެ ކޮންސެޕްޓް އަދި ކުރެހުމުގެ މަސައްކަތްތައް ކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިކަން ފޯރުކޮށްދިނުން.

ޕްރޮޖެކްޓްސް ސެކްޝަނުގެ ވޯކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

ޕޮޓެންޝަލް ކްލައިންޓްސް ފާހަގަކޮށް ވިޔަފާރީގެ އުސޫލުތައް ކަޑައެޅުން.

ކުންފުންޏަށް މުހިންމު ފަރާތްތަކުގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާއި ބައްދަލުވުން ހަމަޖެއްސުން.

އެކިއެކި ކުންފުނިތަކުގެ އިސްވެރިންނާއި ބައްދަލުކުރުން.

ކުންފުންޏަށް ލިބެންހުރި ވިޔަފާރި ފުރުސަތުތަކާއި ގުޅޭގޮތުން ދިރާސާކުރުން.

ކުންފުންޏަށް ފައިދާ ކުރަނިވި ތަޞައްވަރެއް ގާއިމްކުރުމުގެ މަސައްކަތްކުރުން.

ބިޒްނަސް ޕްރޮޕޯސަލްސް ތައްޔާރުކުރުމުގައި އެހީތެރިވުން.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން

ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭންއެއް ތައްޔާރުކުރުން،އަދި ކުންފުނިން ރެވެނިއު ޖެނެރޭޓްކުރުމަށް ޕްލޭން ކުރާ ހަރަކާތްތަކުގެ އިންކަމް އެކްސްޕެންޑީޗަރ ފޯކާސްޓް ނުވަތަ އިންކަމް އެކްސްޕެންޑީޗަރ ޕްރޮޖެކްޝަންސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ބިޒްނަސް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް އަދި ޕީއާރު ސްޓްރެޓަޖީއެއް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ޑިޕާރޓްމަންޓްގެ ޕްރޮޖެކްޓްތައް ކަޑައެޅިފައިވާ އުސޫލާއި ބަޖެޓުގެ ތެރެއިން ޑެލިވަރކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

މީޑިއާ ބަޔާން އަދި ޕްރެސް ރިލީސްތައް ކުންފުނީގެ ސްޓްރޯންގް ޕޮސިޝަނިންގްއެއް ހިމެނޭފަދައިން ތައްޔާރުކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް  އެހީތެރިވެދިނުން.

އިންޓަރނަލް އަދި އެކްސްޓަރނަލް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ތައްޔާރުކުރުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ކޯޕަރޭޝަންގެ ވިޔަފާރި މޮޑެލްއަށް ސީ.އެސް.އާރް އިންޓަގްރޭޓްކުރުމުގައި ޑިޕާރޓްމަންޓްގެ ހެޑް އަށް އެހީތެރިވެދިނުން.

ސީ.އެސް.އާރް ސްޓްރެޓަޖީއެއް ޤާއިމްކޮށް އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ލަފާދިނުމުގައި ޑިޕާރޓްމަންޓް ހެޑް އަށް އެހީތެރިވެދިނުން.

ވަޒީފާ އާއި ގުޅިގެން ހަދާފައިވާ ވޯކް ޕްލޭން އަދި އެސް.އޯ.ޕީ އާއި އެއްގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން.

ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.

ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މީގެ އިތުރުން ޑިޕަރޓްމަންޓުގެ ތެރޭގައި ކުރަންޖެހޭ ކަމަށް ބެލެވޭ އިމަރޖެންސީ ކަންތައްތަކާއި ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުން

ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު

މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު

ފަންނީ ޤާބިލްކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

 

ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)

ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.

ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) ގުޅާނީ، 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

26 ޖުމާދަލްޢޫލާ 1441

21 ޖަނަވަރީ 2020

21 ޖަނަވަރީ 2020
ހޯދާ