ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕީބީއެކްސް ސިސްޓަމަކާއި ސިޕް ފޯން ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޕީބީއެކްސް ސިސްޓަމަކާއި ސިޕް ފޯން ގަތުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2019/54 އިއުލާނުގެ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
  4. މި ބީލަމަކީ އެއް އައިޓަމްއަށްވުރެ ގިނަ އައިޓަމް ހިމެނޭ ބީލަމެކެވެ. މި ބީލަން އިވެލުއޭޓް  ކުރާއިރު ބަލާނީ ކޮންމެ އައިޓަމަކަށް ހުށަހަޅާފައިވާ އަގު ވަކިންނެވެ.
  5. މިބީލަމަކީ ޑެލިވަރ ކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. ސަޕްލައިކޮށް ޑެލިވަރީކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު ނަންބަރު 06 ގައި ބަޔާންކޮށްފައިއެވަނީއެވެ.
  6. ޑެލިވަރ ކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 40 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 40 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  7. ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  8. ބީލަން ހުށަހެޅުން އޮންނާނީ 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  10. މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  11. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  12. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345174، 3345173

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111

އީ-މެއިލް: [email protected]

 

 

 

 

 

 

 

 

21 ޖަނަވަރީ 2020

21 ޖަނަވަރީ 2020
ހޯދާ